ހުޅުމާލޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެއް ކޮޓަރި އެއްކޮށް އަނދައިފި

HDoEsZ8b0AABtao

ހުޅުމާލޭ ގއެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެއް ކޮޓަރި އެއްކޮށް އަނދައިފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، މި ހާދިސާ ހިނގީ ހުޅުމާލެ Lot-11395ގައި ހުރި ގެއެއްގައި ކަމަށެވެ. މި ހާދިސާގައި ގޭގެ އެއް ކޮޓަރި އެއްކޮށް އަނދާފައި ވާކަމަށް އެ އިދާރާއިން ބުންޏެވެ.

ގޭގައި ދެން ހުރި ކޮޓަރި އާއި ސިޓިން ރޫމަށް ވެސް ކަޅު ދުމާއި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައި ވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެ ގޭގައި ދިރިއުޅުނު ހަތް މީހުންނަށް ފަސް ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި ކެއުމާއި ބުއިން އެންޑީއެމްއޭއިން ވަނީ ހަމަޖައްސައިފައެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މި ހާދިސާ ހިނގަނބް މެދުވެރިވި ސަބަބު ވެސް އަދި ދެނެގަނެވިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ