އަލިފާނުގެ ހާދިސާ: 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

HDtxgqba8AArzRY

ގުދަނެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މިހާތަނަށް77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭ 21:30 ހާއިރެވެ. މި ހާދިސާ ހިނގީ ފްލޫނިޔާ ގޯޅި މ. ކައިރުގޭގައި ހުރި ޕްރައިމް ގޯޑައުންގައެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސޯޝަލް ސެންޓަރުގައި ވަނީ އިވެކުއޭޝަން ސެންޓަރެއް ވެސް ގާއިމްކޮށްފައެވެ. އެންޑިއެމްއޭއިން ބުނީ، ރޭގެ02:30އާ ހަމައަށް ޖުމްލަ 15 ގެއަކުން 454 މީހުން އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައި ވާކަމަށެވެ. އެއީ 69 އަންހެނުންނާއި 385 ފިރިހެނުންކަމަށާއި މީގެތެރޭގައި 302 ބިދޭސީ މަސައްކަތްތެރިން ހިމެނޭކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް މި އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވުނުކަމަސް ވެސް އެ އޮތޯރިޓީން ބުންޏެވެ. އެންޑީއެމްއޭއިން ބުނިގޮތުގައި، 280 ބިދޭސީއަކު އެމީހުންގެ ވެރިފަރާތުންވަނީ ހަވާލުވެފައެވެ.

"އަދި 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދެއްވައިފައިވޭ. އަދި ބައެއް އާއިލާތަކުން ވަގުތީ ގޮތުން އާއިލީ ގޭގެއަށް ބަދަލުވެފައިވޭ،" އެންޑިއެމްއޭއިން ބުންޏެވެ.

މީހުން ބަދަލުކުރި 15 ގެވެސް ހުސްކުރަން ޖެހުނީ ބޯދުމުގެ ސަބަބުންނެވެ. މި ހާދިސާގެ އަސަރުކޮށްގެން ހަތް ފަރާތަކަށް ހޮސްޕިޓަލުން ފަރުވާދެވުނުކަމަށާއި މި ހުރިހާ ފަރާތެއްގެ ވެސް ހާލު ސްޓޭބަލްކަމަށް އެންޑިއެމްއޭއިން ބުންޏެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ