އީދަށް އެމްއޭސީއެލްއިން ޒޫޓޯޕިއާ ތީމްގެ ކުޅިވަރު ހަރަކާތްތަކެއް އިންތިޒާމުކޮށްފި

Screenshot 2026-03-19 at 21.32.35

ސަރުކާރުން ކުރިއަށް ގެންދާ "ޢީދު ހަވީރު 1447"ގައި އެމްއޭސީއެލްއިން ޒޫޓޯޕިއާ ކާޓޫނަށް ޚާއްސަ ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ޢީދު ހަވީރު 1447" ފެސްޓިވަލްގައި އެމްއޭސީއެލްއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެމްއޭސީއެލްގެ ސްޓޯލް ޤާއިމްކޮށްފައި ހުންނާނީ ސެންޓްރަލް ޕާކުގެ އިރުމަތީ ފަރާތު އެންޓްރެންސްގައެވެ. މި ހަރަކާތްތައް ކުރިއަށް ގެންދާނީ ފިޠުރު ޢީދު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން 6.00 އަށެވެ.

މިއީ މިފަދަ ޚާއްސަ މުނާސަބަތުތަކުގައި ރައްޔިތުންނަށް އުފާވެރި އަދި ޢާއިލާތަކަށް މާނަހުރި ވަގުތުތަކެއް ހޯދައިދިނުމުގެ މަގްސަދުގައި އެމްއޭސީއެލްއިން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކެއް ކަމަސް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލް ސްޓޯލް ސަރަހައްދުގައި ޒޫޓޯޕިއާގެ ކެރެކްޓާ މެސްކޮޓްތައް ސްޓޯލް ކުރިއަށްދާ ވަގުތު ހަރަކާތްތެރިވަމުން ދާނެއެވެ. މި ސްޓޯލްގެ އެންމެ ހާއްސަ އެއް ކަމަކީ ސްޓޯލްގެ މެދުގައި ތައްޔާރުކޮށްފައިވާ "ޓްރީހައުސް"ކަން އެ ކުންފުނިން ފާހަގަކުރެއެވެ. މީގެ އިތުރުން، "އެކްސް ތްރޯއިން" (ކޮޅުފިލި އުކުން)، "ރެކިންގ ބޯލް"، އަދި "ޝޫޓް ޔޯ ޝޮޓް" ފަދަ ހުރިހާ އުމުރުފުރައަކާ ގުޅޭ ތަފާތު ކުޅިވަރުތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުންޏެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ