މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 15 މިލިއަނަށް ވުރެ ރުފިޔާ ލިބުނުއިރު، ފަލަސްތީނުގެ ގައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް 500،000ރ. ހަދިޔާކޮށްފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ބުނެފި އެވެ.
ޒަކާތު ހައުސްއިން ބުނީ، ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 15،009،749ރ. ލިބިފައިވާ ކަމަށެވެ.
އެ ފައިސާއިން ޣައްޒާގެ މީހުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 500،000ރ. އިސްރާ އެސޯސިއޭޝަންއާ ރޭ ހަވާލުކޮށްފައިވާ ކަމަށްވެސް ޒަކާތު ހައުސް އިން ބުންޏެވެ.
ޒަކާތު ހައުސް އިން ބުނީ ދަތި ހާލުގައި އުޅޭ ދިވެހިންނަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާއީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 423,749ރ. ރުފިޔާގެ އިތުރުން ރާއްޖޭގައި ފިތުރު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މީސްކީނުންގެ ކޮންމެ މީހަކަށް 6،000ރ. މި އަހަރު ދީފައިވާ ކަމަށެވެ.