ވ. ކެޔޮދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހައިލާ ގެއްލުނު ދެމީހުން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، އެ ލޯންޗު ދަތުރުކުރީ ވ.ކެޔޮދޫ ހުޅަނގު ދެކުނުން 2 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިންނެވެ.
ފުލުހުން ބުނީ، މި ހާދިސާ ރިޕޯޓުކޮށްފައިވަނީ އީދު ވިލޭރޭ ދަންވަރު 01:15 އެހާކަންހާއިރު ކަމަށެވެ. މި ލޯންޗުގައި ހަތް މީހުން ދަތުރުކުރިކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެއީ އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންނާއި އިންޑިއާ ފަސް ފިރިހެނުންނެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަނީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުންނެވެ.