ތ. އަދި ދ އަތޮޅުން މާލެއާ ދެމެދު ދަތުރުކުރާ "މަހުމާ އެކްސްޕްރެސް" އެކްސިޑެންޓްވެ ބަޔަކަށް އަނިޔާ ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ތ.އަތޮޅުން މާލެއައިސް މީހުން ހުސްކުރުމަށްފަހު ޕެޓްރޯލް އަޅަން ދަނިކޮށް މާލޭ ކަސްޓަމްސް ސަރަހައްދުން ޓަގްބޯޓެއްގައި ޖެހިގެންނެވެ.
މިހާދިސާ ހިނގިއިރު ލޯންޗްގައި ތިބީ ކެޕްޓަންއާއި ފަޅުވެެރިން އެކަންޏެވެ. އެ މީހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާއިރު ލޯންޗަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއްވެފައެއް ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނޫނެވެ.
މަހުމާ އެކްޕްރެސްއަކީ މާލެ އާއި ތ އަދި ދ އަތޮޅާ ދެމެދު ދަތުރުކާ ދ. މީދޫ ލޯންޗެކެވެ.