ފްލައިޓުގައި ހަމަނުޖެހުން ހިންގި ދިވެހި މީހާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ދޫކޮށްލައިފި

IMG_8140-scaled

ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލައިފިއެވެ.

ފުލުހުން ބުނި ގޮތުގައި ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިވެހި ފިރިހެނަކު ހައްޔަރު ކުރިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ،  އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ސިއްހީ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު، އިއްޔެ ހެނދުނު ދޫކޮށްލާފައިވާ ކަމަށެވެ

އެ މީހާ ދޫކޮށްލިނަމަވެސް އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ