ޖަރުމަނުގެ ކޮންޑޯ އެއާލައިނުން މެއި މަހުން ފެށިގެން ރާއްޖެއަށް އަލުން ދަތުރުތަކެއް ބާއްވަނީ

D-ANRH Condor A339 FRA - Golden Stripes Livery

ޖަރުމަންވިލާތުގެ ކޮންޑޯ އެއާލައިނުން ހޫނު މޫސުމުގައި ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމައިފިއެވެ.

ކޮންޑޯގެ 2026 ވަނަ އަހަރުގެ ޝެޑިއުލްގައިވަނީ، ޖަރުމަނުގެ ފްރެންކްފާާޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ހަތަރު ދުވަހު ދަތުރު ކުރުމަށް ހަމަޖައްސައިފައެވެ. އެއީ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެވެ.

އެ ޝެޑިއުލްގައިވާ ގޮތުން ދަތުރުތައް ބާއްވާނީ އަންނަ މެއި މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށެވެ. އެއީ ރާއްޖޭގެ ހޫނު މޫސުމެވެ.

ޖަރުމަނަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ