ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

Screenshot 2026-03-22 at 20.58.42

މިދިޔަ ބުރާސްފަތި ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ، އަތުލައިގެންފައި ވަނީ 5370 ގްރާމުގެ ކެނަބިސް ފަތާއި 6590 ގްރާމުގެ ހަޝިޝް އޮއިލް ކަމަށެވެ. މި ތަކެތި އަތުލައިގެންފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މިކަމާ ގުޅިގެން އިތުރަށް ކަސްޓަމުން ބުނީ، މި ތަކެތީގެ މަގުމަތީ އަގު9.6 މިލިއަން ރުފިޔާއަށްވުރެ ބޮޑު ވާނެކަމަށެވެ. އެގޮތުން އަތުލައިގެން ކެނަބިސް ފަތުގެ އަގު4.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި ހަޝިޝް އޮއިލްގެ އަގު5.3 މިލިއަނަށް އަރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ކަސްޓަމުން ހާމައެއް ނުކުރެއެވެ. އަދި މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ވާކަން ނުވަތަ ނޫންކަން ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ