އީރާނުން ރެއާއި ދުވާލު އިޒްރޭލަށް ހަމަލާ ދިނުމަށް ވަރަށް ބޭނުން: ރައީސް

Screenshot 2026-03-23 at 12.45.09

އީރާނުން ރެއާއި ދުވާލު އިޒްރޭލަށް ހަމަލާ ދިނުމަށް އެ މަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އީރާނަށް އެމެރިކާއާއި އިޒްރޭލުން ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ ހަމަތަކާއި ގާނޫނާވެސް ހިލާފު ހަމަލާތަކެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިޒްރޭލަކީ ރާއްޖެއިން ބަލައިގަންނަ ގައުމެއް ނޫން ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދިން އަނިޔާއަށް ރާއްޖެއިން ދުވަހަކުވެސް މާފެއް ނުކުރާނެ ކަމަށެވެ.

"އީރާނުން ހަމަލާދެންޏާ ދޭންވާނީ ހަމައެކަނި އިޒްރޭލަށް. އިޒްރޭލަށް ހަމަލާ ދޭންވީ ރެޔާއި ދުވާލު، އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެ ގޮތަށް ދާން. އެހެން ނޫން، މުސްލިމު އަރަބި ގައުމަކަށް ހަމަލާ ދިނީމަ ހަމަ މުސްލިމުން މަރުވާނީވެސް މުސްލިމުންގެ ތަންތަން ހަލާކުވާނީވެސް، އެހެނެއް ނޫން އީރާނުގެ ހަމަލާތައް އިޒްރޭލަށް އަދި މި ހަނގުރާމައިގައި އީރާނަށް ހަމަލާދޭ ދެ ފަރާތަށް އެމެރިކާއާއި އިޒްރޭލުގެ ތަންތަނަށް އެ ސަރަހައްދުގައި މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަންނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ