ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓިއޯ އިން ވިއްކާ ތެލަށް މިއަދުން ފެށިގެން ސަބްސިޑީ ދޭން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން ވައުދުވީ ބޮޑުކަންނެލި މަސްވެރިންނަށް ހުޅުމާލޭގެ ކަންނެލި ޖެޓީގައި އެފްއެސްއެމް އިން ބަހައްޓާފައި ހުންނަ ޝެޑުން ސަބްސިޑީ އަގެއްގައި ތެޔޮ ވިއްކުމަށެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ހުޅުމާލޭގައި ހުންނަ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ، ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް ރާއްޖޭގައި ތެލުގެ އަގު ބޮޑު ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.
އެސްޓީއޯ އިން މިވަގުތު ޕެޓްރޯލް ލިޓަރެއް 16.01ރ. އަށް ވިއްކާއިރު ޑީސަލް ލިޓަރެއްގެ އަގަކީ 17.54ރ. އެވެ.
ސަރުކާރުން އަންނަނީ ތެލުގެ ޝިޕްމެންޓުތަކާއި އަސާސީ ކާބޯތަކެތި ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.