ރާއްޖޭގައި ހުންނެވި އެމެރިކާގެ މަންދޫބު ފުރާވަޑައިގެންފި

438455_3_e2b50b6bb3b4ea548e5927dca5302892347ea9df

ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެން އެމެރިކާގެ މަންދޫބު، ސާޖިއޯ ގޯ މިއަދު ފުރާވަޑައިގެންފިއެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ސާޖިއޯ ގޯ ވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުމުގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވާއިރު، ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުންތަކާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ. އަދި ދެގައުމުގެ މަސްލަހަތު ހިމެނޭ އިތުރު ކަންކަން މަޝްވަރާ ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

ބައެއް ނޫސްތައް ރިޕޯޓު ކުރާ ގޮތުގައި ސާޖިއޯ ގޯ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަން ވެސް އެދިވަޑައިގެންފައެވެ. ނަމަވެސް، އޭނާ ފުރައިވަޑައިގަތީ ރައީސާ ބައްދަލު ނުކުރައްވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ސާޖިއޯ ގޯ ރާއްޖެ ވަޑައިގަތީ އެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ މަޝްހަރު ހޫނުެފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، އިޒްރޭލު ނޫން ކޮންމެ ގައުމެއްގެ ވެރިއަކު ރާއްޖެ ވަޑައިގަތަސް މަރުހަބާ ކިޔާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ