ސަރުކާރު ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން އިއުލާނުކޮށްފި

HEO6rgxbMAAiY2R

ސަރުކާރުން ފަށަން ހަމަޖެހިފައިވާ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން އެމްޓީސީސީން މިއަދު އިއުލާނުކޮށްފިއެވެ.

އެމްޓީސީސީން ކުރި އިއުލާނެއްގައި ވަނީ، އެ ކުންފުންޏަށް107 ޑްރައިވަރުން ބޭނުންވާކަމަށެވެ. މި އެންމެން ވެސް މަސައްކަތް ކުރަން ޖެހެނީ ގްރޭޓާ މާލެ ސަރަހައްދުގައެވެ. މި ޑްރައިވަރުން މަސައްކަތް ކުރަން ޖެހޭނީ ހަފުތާއަކު ހަ ދުވަހު އަށް ގަޑިއިރުކަމަށް އިއުލާނުގައި ވެއެވެ.

މި ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި:

  • ލައިސަންސް ކެޓަގަރީ ބީ1 ނުވަތަ ބީ2 އޮތުން

އެމްޓީސީސީން ބުނީ، ވަޒީފާ ދިނުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގައި މިވަގުތު އެކުލަވާލައިފައި އޮތް ޓެކްސީ ޑްރައިވަރުންގެ ފަތުތަރުގައި ރަޖިސްޓްރީވެފައިވަ ފަރާތްތަކަށް އިސްކަން ދެވޭނެކަމަށެވެ. މި ވަޒީފާގެ މުސާރައެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ. އިއުލާނުގައި ވަނީ ކުންފުނިން ކަނޑައަޅާ ގޮތަކަށް މުސާރައާއި އިނާޔަތް ދެވޭނެކަމަށެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯު ހުށަހަޅާނީ އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށެވެ. ވަޒީފާއަށް އެދުމުގެ އެންމެ ފަހު ވަގުތަކީ މިމަހުގެ 29ވަނަ ދުވަހެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފަށަން ނިންމާފައި ވަނީ، އަންނަ އެޕްރިލް މަހުގެ ދެވަނަ ދުވަހުއެވެ. މި ޚިދުމަތް ފެށުމަށްޓަކައި އެމްޓީސީސީން އިއްޔެ ވަނީ60 ކާރު ގެނެސްފައެވެ. މިކަމަށް މުޅި ޖުމުލަ150 ކާރު ގެންނާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ