ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 74 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކުރި

ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް

މިދިޔަ މަހު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 74 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 21 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 12 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 9 މައްސަލައެކެވެ.

މީގެއިތުރުން ރިޕޯޓުކޮށްފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި:

  • ޖިންސީ ހާނިއްކައިގެ 13 މައްސަލަ
  • ޖިސްމާނީ ހާނިއްކައިގެ 12 މައްސަލަ
  • ނަފްސާނީ ހާނިއްކައިގެ 11 މައްސަލަ
  • ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 09 މައްސަލަ
  • ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 02 މައްސަލަ
  • ނަހަމަގޮތުގައި ބޭނުންކުރުމުގެ 01 މައްސަލަ
  • ކުޑަކުދިންގެ ބަދުއަހުލާޤީ އަމަލު ހިންގާ ވީޑިއޯގެ 01 މައްސަލަ

ވުޒާރާއިން ބުނީ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން ފެބްރުވަރީ މަހު ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 34 މައްސަލައަކާއި ފިރިހެން ކުދިންގެ 40 މައްސަލައެއް ކަމަށެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ދަށުން ބަލަހައްޓާ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ އަދާހަމަ ވެސް އެ ވުޒާރާއިން މިއަދު ވަނީ ހާމަކޮށްފައެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި މިދިޔަ މަހު ތިބީ ޖުމްލަ 152 ކުދިން ކަމަށާއި އޭގެތެރޭގައި ހިމެނެނީ 83 ފިރިހެން ކުދިންނާއި 69 އަންހެން ކުދިން ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މިދިޔަ މަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ 02 ކުއްޖަކު ފޮސްޓަރިން ޢާއިލާތަކާ ހަވާލުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ