ހޮރައިޒަން ފިޝަރީޒުން މަސްގަތުން ކޮންޓްރޯލް ކޮށްފިއެވެ.
ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން އެކުންފުނިން މަސްގަންނާނީ ދޯންޏަކުން ފަސްޓަނުގެ މަސް ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން މާންދޫގައި މަސް ރައްކާކުރުމަށް ދަތިވެފައިވާކަމަށާއި، ރޭވިފައިވާ ގޮތަށް ކަންކަން ކުރިއަށްދާނަމަ މަސް ބަރުކުރާ ބޭރުގެ ބޯޓެއް މިމަހުތެރޭގައި މާއްދުއަށް އަންނާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ހޮރައިޒަން އަކީ ރާއްޖޭގެ އެންމެ ގިނައިން މަސްގަންނަ އަމިއްލަ ކުންފުންޏެވެ. އަދި ކަޅުބިލަމަހުގެ މަސްގަތުމުގައި މިފްކޯއާ ވާދަކުރާ ހަމައެކަނި ކުންފުންޏެވެ. މެދުރާއްޖެތެރެއާއި އުތުރަށް މަސްވެރިކަން ރަނގަޅުވެ ފެލިވަރުގައިވެސް ވަނީ މަސްކިރުވުމަށް ދަތުވެފައެވެ. މިފްކޯއިން ވަނީ ގިނައިން މަސް ބޭނިއްޖެނަމަ ފެލިވަރަށް ނުގޮސް ކޫއްޑޫއަށް ދިއުމަށް މަސްވެރިންނަށް އިލްތިމާސްކޮށްފައެވެ.