ﷲގެ ހައްގު އަދާކުރުމަށް އަމުރުކުރެއްވުމާ ވިދިގެން އަމުރުކުރެއްވީ މައިންބަފައިންގެ ހައްގު އަދާކުރުމަށް: ޚުތުބާ

grand-friday-mosque

މާތް ﷲގެ ހައްގު އަދާކުރެއްވުމަށް އަމުރުކުރެއްވުމާ ވިދިގެން ދެން އަމުރުކުރެއްވީ މައިންބަފައިންގެ ހައްގުތައް އަދާކުރުމަށް ކަމަސް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މައިންބަފައިންގެ ހައްގުތަކުގެ މައްޗަށް މިއަދު ކީ ޚުތުބާގައި ބުނީ، އިސްލާމް ދީނުގައި މައިންބަފައިންނަށް އޯގާތެރިވެ އަޅައިލައި ކިޔަމަންތެރިކަން އަދާކުރުމަށް އަމުރުކުރައްވާފައި ވާކަމަށެވެ. ޤުރުއާނުގެ ހަތް ތަނެއްގައި ހަމައެކަނި އެކަލާންގެއަށް އަޅުކަން ކުރުމަށާއި އެކަލާންގެއަށް ޝަރީކުނުކުރުމަށް އެންގެވުމާ ވިދިގެން މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމުގެ ވާހަކަ ބަޔާންކޮށްފައިވާ ވެއެވެ. މައިންބަފައިންނަށް ކަމޭހިތުމަކީ ނަބީބޭކަލުންނާއި ސާލިހުންގެ ޚުލްގުފުޅުކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ އެއީ މުސީބާތްތަކުން ސަލާމަތްވެވޭ ބަރަކާތް ހާސިލްކޮށްދޭ އަދި ދުއާ އިޖާބަކުރެއްވުމުގެ ސަބަބެއް ވެސް ކަމަށެވެ. އެކަމުގެ ސަބަބުން ހިތަށް ހަމަޖެހުން ލިބި ދިރިއުޅުން ރަނގަޅުވާކަމަށް ޚުތުބާގައި ބުންޏެވެ.

"ﷲތައާލާގެ ހައްގުތައް އަދާކުރެއްވުމަށް އަމުރުކުރެއްވުމާ ވިދިގެން ދެން އަމުރުކުރެއްވީ މައިންބަފައިންގެ ހައްގުތައް އަދާކުރުމަށެވެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި އިތުރަށް ބުނީ، މައިންބަފައިންނަށް ކިޔަމަންތެރިވެ އިހުތިރާމްކުރުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށެވެ. ޚުތުބާގައި ވަނީ މައިންބަފައިން ދަރީންނަށްޓަކައި ވާ ގުރުބާނީއަށް ވެސް އަލިއަޅުވައިލައިފައެވެ.

"އަހަރެމެންގެ މަިއންބަފައިން އަހަރެމެންނަށް ޓަކައި ގުރުބާންކުރަނީ އެމީހުންގެ އުފާތަކެވެ. އެ ދެމީހުންގެ އުފާތައް ގުރުބާންކޮށްފައި ވެސް ދަރީން އުފަލުގައި ބޭތިއްބުމަށް ގަދައަޅައި މަސައްކަތް ކުރެއެވެ. ދަރީންނަށްޓަކައި ދެމީހުންގެ އުފާތައް ގުރުބާންކުރެއެވެ،" ޚުތުބާގައި ބުންޏެވެ.

މައިންބަފައިންގެ ހައްގު އަދާކުރުމަކީ މައިންބަފައިންނަށް ފައިސާ ދިނުން ނޫންކަމުގައި ޚުތުބަގައި ބުންޏެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ޖިހާދަށްވުރެ މަތިވެރިކަމެއް ަކމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ