ވިނަރެސް ފްލެޓުގައި ގަވާއިދާ ޚިލާފަށް ހިންގާ ލޯންޑްރީގެ މަސައްކަތް ހުއްޓައިލުމަށް އެޗްޑީސީން ނޯޓިސް ދީފިއެވެ.
ސޯޝަލް މީޑިއާގައި މީހަކު ވަނީ ވިނަރެސް ފްލެޓެއްގައި ލޯންޑްރީގެ ޚިދުމަތްދޭ ވީޑިއޯއެއް ހިއްސާކޮށްފައެވެ. މޮި ވީޑިއޯއިން ފެންނަ ގޮތުގައި އެތަނުގައި ލޯންޑްރީގެ ފުރިހަމަ ޚިދުމަތް ދެވޭނެ އިންތިޒާމު ވަނީ ގާއިމްކޮށްފައެވެ. އެގޮތުން އެތަނުގައި ދޮންނަ މެޝިނާއި ހިއްކާ މެޝިނާއި އަންނައުނު ފަތްޖަހާ މެޝިން ވެސް ހުއްޓެވެ. މީގެއިތުރުން، އެތަނުގައި ދޮވެފައި ހުރި އަންނައުނާއި ނުދޮވެ ހުރި ގިނަ އަދަދެއްގެ އަންނައުނު ހުއްޓެވެ.
އެޗްޑީސީން ބުނީ، މި މައްސަލަ ފެންމަތިވުމާއެކު މައްސަލަ ބަލަންފަށައިފައި ވާކަމަށެވެ. އަދި އެތަން ހުއްޓުމަށް ނޯޓިސް ދީފައިވާކަމަށް އެޗްޑީސީން ބުންޏެވެ.