އަދަދު ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފަކާއެކުގައި ޒިނޭ ކުރިކަމަށް ބުނެ ދައުރުކުރާ ވީޑިއޯގައި ވަނީ ސާބިތު ނުހިފޭ ވާހަކަ ކަމަށާއި ގަޒުފުކުރުމަކީ އިސްލާމް ދީނުގައި ބޮޑު ފާފައެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިހް ޒައިދު އެކްސްގައި ކުރެއްވި ކޮމެންޓެއްގައި ވިދާޅުވީ، އަދަދުގެ ޑޮކިއުމެންޓަރީގައިވާ ވާހަކަތައް ގަބޫލު ނުކުރައްވާ ކަމަށާއި އޭގައިވަނީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެޗެ،
"އަޅުގަނޑަށް ފެންނަނީ މީހެއްގެ އަނބުރު ކަތިލަން ކޮށްފައިވާ ކަމެއްގެ ގޮތުގައި" ޒައިދު ވިދާޅުވިއެވެ.
ޒައިދު ވިދާޅުވީ، ރައީސްގެ ސިޔާސީ ޕޮލިސީތަކަށް ފާޑުކިޔުމުގެ ފުރުސަތު އޮތަސް ރައީސްގެ އިސްތަށިފުޅުގައި ގަޒުފުގެ ތުހުމަތު އެޅުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ގަޒުފަކީ އިސްލާމްދީނުގައި ބޮޑު ފާފައެއް" ޝައިހް ވިދާޅުވިއެވެ.
ޝައިހް ވިދާޅުވީ، އެއީ ނޫސްވެރިކަން ނޫން ކަމަށެވެ.