ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

Screenshot 2026-03-30 at 19.14.12

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ، މި ތަކެތި އަތުލައިގެންފައި ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ސިންތެޓިކް ކެތިނޯން ކަމަށާއި މިތަކެތީގެ މަގުމަތީ އަގަކީ3.9 މިލިއަން ރުފިޔާކަމަށް ކަސްޓަމުން ބުންޏެވެ.

މި ތަކެތި އަތުލަިއގެންފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މި މައްސަލއާ ގުޅޭ އިތުރު މައުލޫމާތެއް ކަސްޓަމުން ހާމައެއް ނުކުރެއެވެ.

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން މިފަހުން ވަނީ އަތުލައިގެންފައެވެ. އޭގެތެރޭގައި ހިމެނެނީ، 5370 ގްރާމުގެ ކެނަބިސް ފަތާއި 6590 ގްރާމުގެ ހަޝިޝް އޮއިލް ކަމަށެވެ. މި ތަކެތި އަތުލައިގެންފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މިކަމާ ގުޅިގެން އިތުރަށް ކަސްޓަމުން ބުނީ، މި ތަކެތީގެ މަގުމަތީ އަގު9.6 މިލިއަން ރުފިޔާއަށްވުރެ ބޮޑު ވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ