އަބްދުއްޝަކޫރު އަބްދުﷲ އާއި ހަސަން ހަމީދުގެ ތައުޒިޔާގެ ދަފުތަރު ހުޅުވާލައިފި

Screenshot 2026-03-30 at 19.31.32

ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އާއި ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ކައުންސިލް ޖެނެރަލް އަލްއުސްތާޒު ހަސަން ހަމީދުގެ ތައުޒިޔާގެ ދަފުތަރު ހުޅުވާލައިފިއެވެ.

މި ދަފުތަރު ހުޅުވާލައިފައި އޮންނާނީ މިއަދުން ފެށިގެން އަންނަ އެޕްރީލް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ. އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނަށް ދަފުތަރުގައި ސޮއިކުރުން ހުޅުވާލައިފައި އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން 12:00 އަށެވެ.

ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް ދަފުތަރުގައި ސޮއިކުރުން ހުޅުވާލައިފައި އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު 1:00 އިން ހަވީރު 4:00 އަށެވެ. ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރަން ބޭނުންވާ މީހުން، ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ދިއުމުން ސޮއިކުރެއްވޭނެ އިންތިޒާމު ހަމަޖެހިފައި ވާކަމަށް ހޯމް މިނިސްޓަރީން ބުންޏެވެ.

މި ދަފުތަރުގައި ހޯމް މިިނިސްޓަރު އަލީ އިހުސާނު ވަނީ ސޮއިކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ