އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކް އެރީނާ ހުޅުއްވައިފި

458656_7a155899-8_-2

މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކް އެރީނާ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ސްކޭޓް ޕާކް އެރީނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިއުއެވެ.

ސްކޭޓް ޕާކް ހުޅުވުމަށްފަހު ތިން އުމުރު ފުރައެއްގެ ކުދިން ވަނީ، އެކުދިންގެ ސްކޭޓް ކުރުމުގެ ހުނަރު ދައްކާލާފައެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން އެ ކުދިންނާއިއެކު ގްރޫޕް ފޮޓޯއެއް ނަންގަވައި ސްކޭޓް ޕާކް ބައްލަވާލެއްވިއެވެ.

ދާއިމީ ސްކޭޓިން އެރީނާއެއް ތަރައްގީ ކުރުމަކީ ކުޅިވަރާއި އިޖުތިމާއީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ އަދި ޒުވާނުންގެ ކުރިއެރުމާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް މިނިސްޓްރީން ވަޏީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ