ސީއެޗްއެސްއީގެ ހަތަރު ދަރިވަރަކަށް އެމްއޭސީއެލްގެ މެރިޓް އެވޯޑު ދީފި

6230905006060146399

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެރިޓް އެވޯޑް 2025 ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ހަތަރު ދަރިވަރަކަށް ދީފިއެވެ.

މި އެވޯޑަކީ ދަރިވަރުން ކިޔެވުމަށް ހިތްވަރުދީ ގައުމަށް ބޭނުންވާ ހުނަރުވެރި ޒުވާނުން އުފެއްދުމަށް އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ދެމުން އަންނަ އެެވޯޑެކެވެ. އެގޮތުން މިދިޔަ ދެ އަހަރު ވެސް ވަނީ މި އެވޯޑު ދީފައެވެ.

މި އެވޯޑު ދެނީ ސީއެޗްއެސްއީން ގްރޭޑް11 ނިންމާ ދަދިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ އަންހެން ދަރިވަރަކަށާއި ދެ ފިރިހެން ދަރިވަރަކަށެވެ. މި ދަރިވަރުން ހޮވަނީ އެ ސްކޫލުންނެވެ.

އެ ސްކޫލުގައި މިއަދު ބޭއްވި ޚާއްސަ އެސެމްބްލީގައި މި ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދީފައި ވަނީ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަލީ ހުޒައިމްއެވެ.

މިއަހަރު އެވޯޑް ހާސިލްކުރި ދަރިވަރުންނަކީ:

  • އަޒުވަދު ޒާހިދު ހަމީދު
  • އީޒާން އަލީ ހަމްދާ އަހްމަދު ޝިހާމް
  • އައިޝަތު ނައުރީން ހަމްދީ

މި ދަރިވަރުންނަށް އެމްއޭސީއެލްގެ ފަރާތުން ލެޕްޓޮޕަކާއި ވައިފައި ޑިވައިސްއެއްގެ އިތުރުން އެއް އަހަރު ދުވަހަށް ޑޭޓާ ޕެކޭޖާއި އެއް އަހަރު ދުވަހަށް ކޮންމެ މަހަކު ފައިސާގެ އެލަވެންސެއް ވެސް ދޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ