ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނަގާ ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްގިއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.
ވޯޓުލުން ފަށައިފައި ވަނީ މިއަދު ހެނދުނު 08:00ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 04:00އާ ހަމައަށެވެ.
މީގެކުރިން އިލެކްޝަންސް ކޮމިޝަން (އީސީ)ން ހާމަކޮށްފައިވާ ގޮތުގައި މި އިންތިޚާބުގައި 2،961 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެތެރެއިން 1،322 ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕާޓީ ޕީއެންސީންނެވެ.
މިއަދު ކުރިއަށްދާ ދެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 294،937އެވެ.