މަސްވެރިކަމާއި ގުޅޭ

3424

މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އެ މިނިސްޓްރީން ހަދަމުންދާ މެނޭޖްމަންޓް ޕްލޭންތަކުގެ ތެރެއިން 3 ޕްލޭނަކަށެވެ. އެއީ "ދިވެހިރާއްޖޭގެ ފާނަ މެނޭޖްކުރުމާއިބެހޭ ޕްލޭން" އާއި "ދިވެހިރާއްޖޭގެ ހުއިފިލަނޑާ މެނޭޖްކުރުމާއިބެހޭ ޕްލޭން" އަދި "ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމާއިބެހޭ ޕްލޭން"އެވެ.

މި މެނޭޖްމަންޓް ޕްލޭންތަކަށް ޙިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އަންނަ ސެޕްޓެމްބަރ މަހުގެ 6 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޚިޔާލު ހުށަހަޅަން ޖެހެނީ މިނިސްޓްރީން އެކަމަށްޓަކައި ކަނޑައަޅާފައިވާ ފޯމަކުން އީމެއިލް މެދުވެރިކޮށެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ އެހެނިހެން ބާވަތުގެ މަސްވެރިކަމުގެ ޕްލޭންތަކާއިމެދު ވެސް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާނެކަމަށް ވިދާޅުވެފައެވެ. އެ މިނިސްޓްރީން ދަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ޒުވާނުން މަސްވެރިކަމަށް ނެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!