އުޅުހަކުން ފުރަތަމަ ފަހަރަށް އެމްޑީޕީގެ މެޖޯރިޓީ ގެއްލި ޕީއެންސީއަަށް

Screenshot 2026-04-05 at 12.57.00

އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ އއ. އުކުޅަހު ކައުންސިލްގެ ގޮނޑިތައް އެ ޕާޓީން ގެއްލިއްޖެ އެވެ.

އިއްޔެ ބޭއްވި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް އެމްޑީޕީ އަދި ޕީއެންސީން ވެސް ވާދަކުރި އެވެ.

އޭގެ ތެރެއިން، ކައުންސިލްގެ ރައީސާއެކު ދެ ގޮނޑި ވެސް ލިބުނީ ވެރިކަން ކުރާ ޕާޓީއަށެވެ.

އާބާދީ 2،000 އަށް ވުރެ މަދުވުމުން މި ރަށުން ކައުންސިލަށް ހޮވަން ޖެހޭނީ ތިން ގޮނޑި އެވެ.

އުކުޅަހަށް އިންތިހާބުވި ޕީއެންސީގެ މެމްބަރުން

  •  އަލީ ވަހީދު (ރައީސް)
  • އައިމިނަތު ޒޫނާ
  •  މުހައްމަދު ޝަފްރާޒް

ލާމަރުކަޒީ ނިޒާމާ އެކު ކައުންސިލަރުން އިންތިހާބުކުރަން ފެށީއްސުރެ އުކުޅަހު ކައުންސިލްގެ ރައީސަކަށް ހުންނެވި އެމްޑީޕީގެ ޝައުކަތު އިބްރާހިމްގެ މަގާމު ވެސް މި އިންތިހާބުގައި ވަނީ ގެއްލިފަ އެވެ.

އުކުޅަހަކީ އެމްޑީޕީގެ ތާރީހީ ބައްދަލުވުންތައް ބޭއްވި ރަށެކެވެ. އޭގެ ތެރެއިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓު ދިނުމަށް 2018 ވަނަ އަހަރު ކޮންގްރެސް ބޭއްވީ ވެސް އެ ރަށުގަ އެވެ. އަދި އެ ސަރުކާރުގައި އެޅި ކޮންވެންޝަން ސެންޓަރުވެސް ވެގެން ދިޔައީ އެމްޑީޕީގެ ތާރީހީ ހަރަކާތްތައް ބޭއްވި މަރުކަޒަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ