މާފުށި ބަދަލުވެއްޖެ، ރައީސް ގޮނޑި ހިމެނޭ ގޮތަށް ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެޖޯރިޓީ ޕީއެންސީއަށް

Screenshot 2026-04-05 at 14.21.28

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ކ. މާފުށީގެ ގިނަ ގޮނޑިތަކެއް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކުރި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ އިން ދައްކައިފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން މާފުށީ ކައުންސިލްގައި ހިމެނޭ ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ނެގީ ޕީއެންސީންނެވެ. އެއީ ކައުންސިލް ރައީސްގެ ގޮނޑި ވެސް ހިމަނައިގެންނެވެ. އެމްޑީޕީ އަށް އެއް ގޮނޑި ލިބުނުއިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަކު ވެސް ގޮނޑިއެއް ކަށަވަރު ކުރިއެވެ.

މާފުށީ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބު ވެވަޑައިގަތީ 670 ވޯޓާއެކު ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލެއްވި އަލީ ޝައްމޫނެވެ. އޭނާއާ ވާދަކުރެއްވީ މިހާރު ވެސް ކައުންސިލްގެ ރައީސްއަކަށް ހުންނެވި ހަސަން ސޮލާހެވެ. އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި ސޮލާހަށް ލިބިވަޑައިގެންފައި ވަނީ 487 ވޯޓެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގިނަ ގޮނޑިތަކެއް ވެސް ނެގީ ޕީއެންސީންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ