އުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާދަމާ ފުރާވަޑައިގަންނަވަނީ

large_174866955224tT3j

އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާދަމާ ސައޫދީއަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސައުދީއަރަބިއްޔާގެ ސަރުކާރުން ކަމަށެވެ. ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއްވަނީ މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅު ހަމަޖައްސަވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

2024ވަނަ އަހަރު ވެސް ސައުދީން ދެއްވި ފުރުސަތެއްގައި ރައީސް ދެކަނބަލުން ވަނީ އުމްރާގެ އަޅުކަން އަދާކުރައްވައިފައެވެ. އަދި މިދިޔަ އަހަރު ރައީސްގެ ދެކަނބަލުން ވަނީ ހައްޖުގެ އަޅުކަން ވޗެސް އަދާކުރައްވައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ