ވަތަނީ ޚިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

Screenshot 2026-03-10 at 22.19.59

ވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ނުވަތަ މޯލްޑިވްސް ނޭޝަނަލް ސާވިސް ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު ޑިފެންސް މިނިސްޓްރީން އިތުރުކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބުނީ އެ މުއްދަތު އިތުރު ކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރި ވުމުގެ ޝަރުތުތަކަކީ:

  • އުމުރުން16 އަހަރު ފުރި، 28 އަހަރު ނުފުރޭ ފަރާތެއް ކަމުގައި ވުން. 18 އަހަރުން ދަށުގެ ކުދިން މި ޕްރޮގްރާމުގައި ބައިވެރި ވެވޭނީ ބެލެނިވެރިންގެ އިއުތިރާޒެއް ނެތްނަމަ.
  • ފުރިހަމަ ސިއްހަތެއްްގައި ހުރުން

މި ތަމްރީނަކީ ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީނެކެވެ. މި ތަމްރީނު ފަށަން ނިންމާފައި ވަނީ އަންނަ މޭ މަހުގެ ފަހު ހަފުތާގައި ކަމަށް މިނިސްޓްރީން މީގެކުރިން ބުންޏެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން "ދިވެހި ވަތަނީ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ނުވަތަ ބަންދު ނޫން ދުވަސްތަކުގައި އެ މިނިސްޓްރީގެ ރިސެޕްޝަނަށް ހަވާލުކުރުމަށް މިނިސްޓްރީން ވަޏީ އެދިފައެވެ.

މީގެކުރިން ކުރިއަށް ގެންގޮސްފައިވާ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްތަކަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ވަނީ350 ދަރިވަރުން ބައިވެރި ވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ