ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގެންފި

large_174866955224tT3j

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ސައުދީއަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުން ކަމަށެވެ. ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއްވަނީ މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅު ހަމަޖައްސަވައިފައި ކަމަށް އެ އޮފީހުން ބުންޏެވެ.

2024ވަނަ އަހަރު ވެސް ސައުދީން ދެއްވި ފުރުސަތެއްގައި ރައީސް ދެކަނބަލުން ވަނީ އުމްރާގެ އަޅުކަން އަދާކުރައްވައިފައެވެ. އަދި މިދިޔަ އަހަރު ރައީސްގެ ދެކަނބަލުން ވަނީ ހައްޖުގެ އަޅުކަން ވެސް އަދާކުރައްވައިފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ