ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ނަޖާހު މަގާމުން ވަކިކޮށްފި

Screenshot 2026-04-06 at 16.03.02

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

ޑިސެމްބަރު 23، 2024 ގައި އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި ނަޖާހު އެ މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން އަދި ނުބުނެ އެވެ.

ފެނަކައިގެ އެމްޑީގެ މަގާމަގަށް ނަޖާހު އޭރު އައްޔަނުކުރީ ނޮވެމްބަރު 28، 2024 އިން ފެށިގެން އެ މަގާމު ފުރުއްވި މުއާޒު މުހައްމަދު ރަޝީދު އެ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ

ލޮޖިސްޓިކްސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހ. ޔެލޯ ރޯޒް ނަޖާހު ވަނީ 21 އަހަރު ވަންދެން ސިފައިންގޭގައި ހިދުމަތް ކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ