މުންދު އާއި ސަލްމާ މަގާމުން ވަކިކޮށްފި

Screenshot 2026-04-06 at 18.34.13

ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މިއަދު މަގާމުން ވަކިކޮށްފި އެވެ.

މުންދުއަކީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިިކަލުންނެވެ. ސަލްމާއަކީ އަސްމާގެ ކޮއްކޮއެކެވެ.

އެ ދެ ބޭފުޅުން މިއަދު މަގާމުން ވަކިކުރިިއިރު، މި ފަހުން ވަނީ ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އަސްމާ ވާހަކަ ދައްކަވާ އޯޑިއޯ އެއް ދައުރުވެފައެވެ.

އެ އޯޑިއޯގައި އަސްމާ ވަނީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ޕީއެންސީ މެންބަރުންނަށްވެސް "މިނެދިން ނާޅިން މިނެދޭން" އެދިވަަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ