މަސްދަޅުގެ އަގު ބޮޑުކުރަން ނިންމި ނިންމުން މިފްކޯއިން އަނބުރާ ގެންގޮސްފި

big_K9477VNSFVMvyoo6tx6e3yCB4

މިފްކޯއިން ތެޔޮމަސްދަޅުގެ އަގު މިއަދު ބޮޑުކުރުމަށްފަހު އެ ނިންމުން އަނބުރާ ގެންގޮސްފިއެވެ.

މިފްކޯއިން ވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެޔޮ ލިބޭލެއް އަގުބޮޑުކަމަށް ބުނެ، ކުރިން 17.50ރ އަށް ވިއްކި  ތެޔޮމަސްދަޅުގެ އަގު 18.50ރ އަށް ބޮޑުކޮށްފައެވެ.

މިފްކޯއިން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ކުންފުނިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއި  ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ ކަމަށް ބުންޏެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން އަބަދުވެސް ބަލާނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ