އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ހުސައިން ދީދީ މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަދި ބޯޑު މެންބަރުކަމުގެ މަގާމުން ހުސައިން ދީދީ މިއަދުން ފެށިގެން ވަނީ ވަކިކޮށްފައި ކަމަށެވެ.
ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެއެވެ.
އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ހުސެއިން ދީދީ ޢައްޔަނުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
އެގްރޯނެޓަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ މަގުސަދުގައި 2020 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި އެގްރޯނެޓްއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.