އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު މާލޭގެ މަގުމަތިން ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިރޭ 18:18 އެހާކަންހާއިރު ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ހަބަރު ހުސްވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ.
އެ މީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.