ތ. ވޭމަންޑޫގެ ބޯހިޔާވަހިކަމާއި އިގުތިސާދީ ތަރައްގީއަށް ބޭނުންވާ ބިން އިތުރުކުރުމަށް މި ސަރުކާރުން ފެށި މަޝްރޫއު ނިންމާލައިފިއެވެ.
ތ. ވޭމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް އެ ރަށަށް 25 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
އެ ވައުދުފުޅާ އެއްގޮތަށް ތ. ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މި ކުންފުނިން ފެށީ 12 މާރިޗު 2026 ގައެވެ. މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވަނީ 4 އޭޕްރިލް 2026 ގައެވެ.
ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުއަށް މި ކުންފުނިން ބޭނުންކުރީ "ފިލީޕޯ ބްރޫނެލޭޝީ" އެވެ. މިއީ އެއްފަހަރާ 11,300 ކިއުބިކް މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިފައިވާ ޑްރެޖަރެކެވެ.