ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ށ. ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް ގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.
މިއަދު ހުޅުވި، ތަޢުޒިޔާގެ ދަފުތަރުގައި މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު ޢުމަރު ވަނީ ސޮއިކުރައްވާފައެވެ. މި ދަފުތަރުގައި ސޮއިކުރުން ކުރިއަށްދާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން ފެށިގެން 14.00 އަށެވެ.
މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން މިނިސްޓަރު ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރްޙޫމު މޫސާ ރަމީޒަކީ ކުޅަދާނަ ހިންގުންތެރިއެއް ކަމަށެވެ. އަދި މުވައްޒަފުންނާ ވެރީންގެ އިތުބާރާއި، ލޯބި ހޯއްދެވި ވެރިއެއް ކަމަށެވެ.
އޭނާ އަވަހާރަވުމަ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފައެވެ.