6244704778931867247

މާލޭގައި އެކްސިޑެންޓެއް ހިނގައި ދެ ޒުވާނަކަށް އަނިޔާތަކެއް ވެއްޖެ

މާލޭގައި އެކްސިޑެންޓެއް ހިނގައި ދެ ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ މާލޭ ބޮޑުތަކުރުފާނު މަގާއި ހިތިގަސް މަގު ގުޅޭ ސަރަހައްދުގައި ކަމަށެވެ. ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރުފަހު 14:16 ކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހުމުގެ ސަބަބުން ކަމަށެވެ. މި އެކްސިޑެންުގައި ހިމެނޭ ސައިކަލުގައި ތިބި ދެ ޒުވާނުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައި ވާކަމަށް ފުލުހުން ބުންޏެވެ. އެމީހުންނަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

މި މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *