ވިލިމާލެ ފަޅުތެރެއަށް މޫދަށް އެރި އުޅުނު ނޭޕާލަށް ނިސްބަތްވާ ޒުވާނަކު މިއަދު މަރުވެއްޖެއެވެ.
ފުލުހުން ބުނީ، އޭނާ ގެއްލިގެއް ހެނދުނު 06:30ގައި ރިޕޯޓު ލިބުނު ކަމަށެވެ. އެއާއެކު ވިލިމާލެ ޕޮލިސް ސްޓޭޝަނާއި މެރިން ޕޮލިސް ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށިކަމަށާއި ކުރެވުނު މަސައްކަތުން އޭނާ ފެނުނީ 06:55 ހާއިރު ކަމަށެވެ.
އޭނާ ފެނުނީ ވިލިމާލެ ފަޅުތެރޭ މޫދު އަޑިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ މަރުވީ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި ފަހުން ކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.