މަގާމުން ވަކިކުރި ސަލްމާގެ މަގާމު އިޔާދަކޮށްފި

big_ptXCIPjs1Qhvwob2Ims45fUmm

ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރުމަށްފަހު އޭނާގެ މަޤާމު މިއަދު އަލުން އިޔާދަކޮށްފިއެވެ.

ސަލްމާ މަގާމުން ވަކިކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އޭނާއާއެކު ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވެސް ވަނީ ހަމަ އެދުވަހު މަގާމުން ވަކިކޮށްފައެވެ.

މި ދެ ބޭފުޅުން މަގާމުން ވަކިކުރިއިރު، މުންދުގެ މަންމާފުޅު އަދި ސަލްމާގެ ދައްތަ ކަމުގައިވާ މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދާ ސަރުކާރާ އޮންނަ ގުޅުން ގޯސްވެފައި ވަނިކޮށެވެ. ގުޅުން ގޯސްވާން މެދުވެރިވީ އަސްމާ ދެއްކެވި ވާހަކަފުޅެއްގެ އޯޑިއޯ ސޯޝަލް މީޑިއާގައި ލީކުވުމުގެ ސަބަބުންނެވެ.

ސަލްމާގެ މަޤާމު އިއްޔެ އަލުން އިޔާދަކުރި ނަމަވެސް، މުންދުގެ މަގާމު އިޔާދަކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ