ފ. ފީއަލީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު ދޯންނާއި އެރަށު އައިސްޕްލާންޓް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު9:15 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިފްކޯއިން ބުނީ، ފީއަލީ ބަނދަރުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި، ފީއަލީ އައިސް ޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދާފައި ވާކަމަށެވެ. މި އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ ހުރީ 15 ވަރަކަށް ފޫޓުކަމަސް މިފްކޯއިން ބުންޏެވެ.
މިއީ 25 ޓަނުގެ އައިސް ޕްލާންޓެއް. މި އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނައީ ޖޫން 2025 ގައި ފެނަކައިން މިފްކޯއާ ހަވާލުކުރުމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު އެއްވަނަ ދުވަހުއެެވެ.