ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު12 އަހަރާއި ހަ މަސްދުވަހަށް ޖަލަށް ކުމަށް ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ، އުމުރުން 32 އަހަރުގެ ސ. ފޭދޫ، ޝީރާޒީގެ، ޢަލީ ސާއިމެވެ. ޖަލަށް ލުމުގެ އިތުރުން ކްރިމިނަލް ކޯޓުން ވަނީ، 50,000 (ފަންސާސް ހާސް) ރުފިޔާއިން އޭނާ ޖޫރިމަނާކުރުމަށް ވެސް ހުކުމް ކޮށްފައެވެ. މި ހުކުމް އިއްވާފައިވަނީ އޭޕްރީލް 7 ވަނަ ދުވަހުއެވެ.
މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސާއިމް ހައްޔަރުކޮށްފައިވަނީ 2024 އޮގަސްޓް 19 ވަނަ ދުވަހު އެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024ވަނަ އަހަރުގެ އޮކްޓޫބަރު 16 ވަނަ ދުވަހުއެވެ.