އިންތިހާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރަނީ

Screenshot 2026-04-10 at 14.14.22

މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މި ވޯޓުތަކުގެ ވަގުތީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް އާންމު ނުކުރެވިވަނީ ޝަކުވާ ހުށަހެޅިފައިވާ ފޮށިތަކުގެ ނަތީޖާ ކަމަށެވެ. އެ ފޮށިތައްވެސް އަލުން ގުނައި އޭގެ ދާއިމީ ނަތީޖާ ދާދި އަވަހަށް އާންމު ކުރެވޭނެ ކަމަށް އެކޮމިޝަނުން ބުންޏެވެ.

ވަގުތީ ނަތީޖާއަށް ފަހު ދާއިމީ ނަތީޖާ މާދަމާ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން  ބުންޏެވެ.

މިފަހަރު އިންތިޚާބަކީ ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓުލި އިންތިޚާބު ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ، އެގޮތުން މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 294،876 މީހުންނަށް ލިބިގެންދިޔައިރު އޭގެ ތެރެއިން %73 މީހުން ވޯޓުލާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ