ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ކުރެއްވި މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތީ، މިމަހުގެ 6 ވަނަ ދުވަހުއެވެ.