މިފްކޯގެ ސީއީއޯ ފަރުހަތު އިސްތިއުފާދެއްވައިފި

Screenshot 2026-04-12 at 12.04.25

މިފްކޯގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ކަމުގެ މަގާމުން މއ. އަޅިވިލާގެ، ބްރިގޭޑިއާ ޖެނެރަލް (ރޓ) ފަރުހަތު ޝަހީރު އިސްތިއުފާ ދެއްވައިފިއެވެ.

ފަރުހަތު އެމަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

ފަރުހަތަކީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވުމަށްފަހު، 2012 ވަނަ އަހަރު ޝަރަފުވެރިކަމާއެކު ސިފައިންގެ ހިދުމަތުން ރިޓަޔާކުރެއްވި ބޭފުޅެކެވެ.

ސިފައިންގެ ހިދުމަތުން ރިޓަޔާކުރެއްވުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފަރުހަތު ވަނީ އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

ފަރުހަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު އަދާކުރައްވާ ތިންވަނަ ބޭފުޅާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ