ހުރާ ގެއެއްގައި ރޯވެ، ބޭނުން ނުކުރޭ ވަރަށް އަނދައިފި، 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން!

Screenshot 2026-04-13 at 08.49.02

ރޭ ހުރާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭން ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 01:18 ހާއިރެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެރަށު "ނޫފަރު" ގޭގައެވެ.

ފުލުހުން ބުނީ ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވިނަމަވެސް، ހާދިސާގެ ސަބަބުން ނަފްސާނީގޮތުން އަސަރުކުރި ދިވެހި އަންހެނަކަށް ކ. ހުރާ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.

އެންޑީއެމްއޭއިން ބުނީ އެ ހާދިސާގައި އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފަވާކަމަށެވެ.

މި ޙާދިސާއާ ގުޅިގެން 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ