ޑެންގީގައި ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެ

Screenshot 2026-04-13 at 12.33.06

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނާ މިއަދު ނިޔާވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވަނީ، ޑެންގީގައި ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ ނަބްހާން 23އ ނިޔާވިކަން ކަށަވަރުކޮށްދީފަ އެވެ.

މިދިޔަ ހަފުތާގައި ހުން އައިސްގެން އޭނާއަށް ފުރަތަމަ ފަރުވާދިނީ ށ. މިލަންދޫ ސިއްހީ މަރުކަޒުގަ އެވެ. ނަމަވެސް، ހާލު ސީރިއަސްވުމުން ދެން ފޮނުވާލީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށެވެ.

އޭގެ ފަހުން އިއްޔެ މާލެ ގެނެސް އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފަރުވާދޭން ފެށިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ