އުސޫލާ އެއްގޮތަށް ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ: ހީނާ

big_jr16G0fKn1IvR3kVYyZztyf4K

ނޫސްވެރިންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވަވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތައް އުސޫލާ އެއްގޮތަށް ކުރިޔަށްދާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މި ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުް ވަނީ ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މި ބައްދަލުވުން ނޯންނާނީ އެ ދުވަސް ސަރުކާރު ބަންދު ދުވަހަކާ ދިމަވާނަމަ ކަމަށާއި، ދަތުރެއް ކުރަންޖެހުމުގެ އިތުރުން އެކި ސަބަބުތަކާއި ހުރެ ޝެޑިއުލް ބަދަލު ވެއްޖެ ހާލަތެއްގައި ކަމަށް ރައީސް އެ ދުވަހު ވިދާޅުވިއެވެ. އަދި މި ނޫން ހާލަތްތަކުގައި، މި ބައްދަލުވުންތައް ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ހަފުތާތަކުގައި އުސޫލާ އެއްގޮތަށް ނޫސްވެރިންނާ ބަދައްލުކުރުން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މާޗް އެއްވަނަ ދުވަހުގެ ފަހުން މިހާތަނަށް ރައީސް ވަނީ ނޫސްވެރިންނާ 3 ފަހަރަށް ބައްދަލުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ