މަގުތައް ކޮނުމުގައި ސަމާލުވުމަށް ސްޓެލްކޯއިން އެދިއްޖެ

Screenshot 2026-04-13 at 22.55.14

އާދީއްތަ ދުވަހު ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވީ، ސަބަބާއި ގުޅިގެން މަގުތައް ކޮނުމުގައި އިތުރަށް ސަމާލުވުމަށް ސްޓެލްކޯއިން އެދިއްޖެއެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން އާދީއްތަ ދުވަހު ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވީ، ދެވަނަ ފިޔަވަހީގައި ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.

ސްޓެލްކޯއިން ބުނީ  މަގު ކޮނުމާއި، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ބިމު އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ، މިފަދަ ހާދިސާތަކުގެ ސަބަބުން ކުންފުންޏަށާއި އާންމު ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ނުހަނު މުހިންމު ކަމެއް ކަމަށެވެ.

ސްޓެލްކޯއިން ވަނީ އެ ފަދަ ކަންކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ