ކެބިނެޓުގެ އަށް މިނިސްޓަރުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އެނގިފައިވަ ގޮތުގައި މިހާތަނަށް އިސްތިއުފާ ދެއްވި މިނިސްޓަރުންނަކީ:
1. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް
2. ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
3. ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
4. ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު
5. އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
6. ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު
7. ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
8. ޝޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
މި ބޭބޭފުޅުން އިސްތިއުފާ ދެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު ސަރުކާރުގެ ހިންގުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފައެވެ. އެގޮތުން، ބައެއް ކުންފުނިތަކުގެ ވެރިން މަގާމުން ވަކިކުރާއިރު، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ވެސް އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފައެވެ.