ހުޅުމާލޭގެ ފޭސް އެކެއްގައި ހަދަން ފަށާފައި ހުރި ވޯޓާ ޕާކް ތެރޭގައި ހުރި ގަސްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހެނދުނު 06:34 ހާއިރު ކަމަށް އެމްްއެންޑީއެފުން ބުންޏެވެ. މިގޮތުން، ފަޔާފައިޓަރުން ކުރި މަސައްކަތުން އެ ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު ހެނދުނު 07:39 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.
މި ފަހުން ވަނީ މިފަދަ ބޭނުން ނުކުރާ ތަންތަނުގައި ގިނަ އަލިފާނުގެ ހާދިސާތަކެއް ހިނގާފައެވެ.